ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ދަށްވެއްޖެ!

11:44 09-03-2025

ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މިރުހަކީ ރޯދަމަހު ޑީމާންޑު ވަރަށް ބޮޑުވާ ބާވަތެކެވެ. މިއާއެކު އެހެން އަހަރުތަކުގައި މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. އެގޮތުން 100ގ މިރުސް 80 ރުފިޔާއަށްވެސް ވިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ.