އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޕެރެ އެތުލީޓުންނަށް ކުޅިވަރު ވަޒީރު މަރުޙަބާ ދަންނަވަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ލޯ މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް

ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޕެރެ އެތުލީޓުން ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީއިން އެޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް އަޙްމަދު މުންތަގިމްއެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ބައެއް ބޭފުޅުންވެސް މިޓީމަށް މަރުޙަބާ ދަންނެވުމަށް އެއަރޕޯޓަށްވަނީ ވަޑައިގެންފަވެއެވެ.

ރާއްޖޭގެ ޕެރަ އެތުލީޓުންނަށް މަރުޙަބާ ދަންނަވާ ވަޒީރު ވަނީ ޓީމުން ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި ކުޅުންތެރިންގެ މި ކާމީޔާބީއަށް މަރުހަބާ ދަންނަވާ ވަޒީރުވަނީ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް އިތުރު ވަނަތައް ގެނެސްދިނުމަށް ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

ފެތުމުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑައްޔެއް ގެނެސްދިން ޕެރެ އެތުލީޓު ރިޒްހާން-- ފޮޓޯ: ޕީއެސްއެމް ނިއުސް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރި މުހައްމަދު ރިޒްހާންވަނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް ރާއްޖެއަށް ލޯ މެޑަލް ހޯދަދީފައެވެ. މިއީ ފެތުމުން ރާއްޖޭގެ ޕެރެ އެތުލީޓަކު ހޯދި ފުރަތަމަ ކާމިޔާބީއެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކޮށްފަވަނީ 4 އެތުލީޓުންނެވެ. އެއީ ފެތުމުގައި ވާދަކުރި 3 ކުއްޖަކާއި އެތުލެޓިކްސްގައި ވާދަކުރި ކުއްޖެކެވެ. މިމަހުގެ 7 އިން 12 އަށް ދުބާއީގެ 8 ސަރަހައްދެއްގައި މިމުބާރާތް ކުރިއަށް ގޮސްފަވާއިރު މިއީ 35 ޤައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މުބާރާތެކެވެ. މިމުބާރާތުގައި ކުރިއަށް ދިޔައީ 8 ކުޅިވަރު ހިމަނައިގެންނެވެ.

ޚަބަރުގެ ހުލާސާ

މިމުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރިޒްހާންވަނީ ފެތުމުން ލޯ މެޑަލް ހާސިލްކޮށްފައެވެ. މިއީ ފެތުމުން ރާއްޖޭގެ ޕެރެ އެތުލީޓަކު ހޯދި ފުރަތަމަ ކާމިޔާބީއަށްވާއިރު، މިމުބާރާތަކީ 35 ގައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފަވާ މުބާރާތެކެވެ.
އައިމިނަތު ރިޔާޒު
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު