ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހަބުއްދީނާއި އެޤައުމުގެ އިންތިގާލީ ސަރުކާރުގެ އިސް މުޝީރު ޑރ. މުޙައްމަދު ޔޫނުސް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގާތްގުޅުން މުސްތަގުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުސާނަބަތުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވުޒާރާގެ އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގާތްގުޅުމާއި ރާއްޖޭގެ ތަރައްގީގައި އެ ޤައުމުން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރިއަށްއޮތްތަނުގައިވެސް ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޚަރިޖީ ވަޒީރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ޚަބަރުގެ ހުލާސާ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގާތްގުޅުން މުސްތަގުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުސާނަބަތުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އިދުހާމް ނައީމް
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު