ރ. ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި ކުޅިވަރު މަޝްރޫއެކެވެ.
ދުވާފަރު ވޮލީ ކޯޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދުވާފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސަޢުދީ އާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ދުވާފަރު ކައުންސިލުގެ ރައީސް އެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރު ކުރުމާއި ކޮންކްރީޓް މަސައްކަތާއި ވަށާފާރު ރޭނުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 1.24 މިލިއަން ރުފިޔައާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށްހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ދުވާފަރަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށްވާއިރު ވޮލީ ބޯޅައަކީވެސް އެރަށުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅެމުން އަންނަ ކުޅިވަރެކެވެ. ދުވާފަރު ޒުވާނުންގެ ހުވަފެންތަކާއި ގުޅިފައިވާ މި ވޮލީ ކޯޓު ވެގެންދާނީ ސިއްހީ ދުޅަހެޔޮކަމާއި، އެރަށުގެ ރައްޔިތުންނަށް އެކުވެރިކަން އާލާކުރުމާއި، އިޖުތިމާއި ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ވަސީލަތަކަށެވެ.

ޚަބަރުގެ ހުލާސާ

ރ. ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މަރިޔަމް ޝަނީޒާ
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު