ރ. ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަށް އެމްއޭސީއެލްއަށް

ސަރުކާރުން ރ. ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

އެމްއޭސީއެލް އާއި މި މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ރައީސުލުޖުމްހޫރިއްޔާ ދުވާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ އެ ސަރަހައްދުގެ އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި ކުޅިވަރުތައް އިތުރަށް ތަރައްޤީކުރުމަށް އެޅިގެންދާ ސަރަހައްދީ ކުޅިވަރު ހަބަކަށެވެ. އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރަައްޤީކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ ހޭންޑްބޯޅައާއި ނެޓްބޯޅަ އާއި ވޮލީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ.

ސަރުކާރުން 6 ރީޖަނެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ނިންމާފައިވާއިރު މިއީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމާއި، ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޚަބަރުގެ ހުލާސާ

ސަރުކާރުން ރ. ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ. އެމްއޭސީއެލް އާއި މި މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލުޖުމްހޫރިއްޔާ ދުވާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަރިޔަމް ޝަނީޒާ
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު