"ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ" ގެ ޗެމްޕިއަން ޓީމަށް ޠަލާލް ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ ޔުނައިޓެޑް ލަޔަންސް ކާމިޔާބުކޮށްފި

"ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ" ގެ ފައިނަލު މެޗު ސްޕޯޓްސް ކޮމިޝަނަރ މުޙަންމަދު ޠަލާލް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ ޔުނައިޓެޑް ލަޔަންސް އަދި ވައި ކިންގ އެފްސީއެވެ. 3-1 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަވަނީ ޔުނައިޓެޑް ލަޔަންސްއިންނެވެ.

"ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ" ގެ އަންހެން ޑިވިޝަނުގައި އެންމެ ދެ ޓީމުން ބައިވެރިވެފަވުމާއެކު އަންހެން ޑިވިޝަނުގައި ކުޅެފަވަނީ ފައިނަލް މެޗު އެކަންޏެވެ. މިމެޗުގައި އެލް ޖީ ކުއީންސް އަދި އޮރަލީންސް ވާދަކުރިއިރު 9-0 ގެ ބޮޑު ތަފާތަކުން އެލް ޖީ ކުއީންސްވަނީ ފަސޭހަކަމާއެކު މުބާރާތުގެ ތަށި ހިއްލާލާފައެވެ.

މމުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށްވެސް އިނާމު ހަވާލުކޮށްދެއްވީ ޠަލާލް-- ފޮޓޯ: ކުޅިވަރު ވުޒާރާ

ފައިނަލު މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ސްޕޯޓްސް ކޮމިޝަނަރވަނީ ތަށްޓާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި 5 ޓީމަކުން ވާދަކޮށްފަވާއިރު، އަންހެން ޑިވިޝަނުގައި ވާދަކޮށްފަވަނީ 2 ޓީމެވެ.

ޚަބަރުގެ ހުލާސާ

މިމުބާރާތް ކުރިއަށް ދިޔައީ މިދިޔަމަހުގެ 27 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި 5 ފިރިހެން ޓީމު އަދި 2 އަންހެން ޓީމު ވާދަކޮށްފަވާއިރު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ޔުނައިޓެޑް ލަޔަންސްއެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެލް ޖީ ކުއީންސްއެވެ.
އައިމިނަތު ރިޔާޒު
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު