އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު - ފޮޓޯ: އެމްއޯސީ / އިސްމާއިލް ޠާރިޤް

ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ އައުކޮށްފި

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު އައު ކޮށްފިއެވެ.

ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.

ސާރާ އަކީ އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ފެތުންތެރިއެކެވެ.

ޚަބަރުގެ ހުލާސާ

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު އައު ކުރީ ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މަރިޔަމް ޝަނީޒާ
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު