21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް އިފުތިތާޙުކޮށްފި

21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް އިފްތިތާޙްކޮށްފިއެވެ.

މި އިސްތިރާޖު އިފްތިތާޙްކޮށްފައިވަނީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.

21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް ކަނޑައަޅައަޅައި، އިފްތިތާޙްކުރުމުގެ ބޭނުމަކީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކޮންމެ ޕްރޮގްރާމެއްގެ ތެރެއިންވެސް، މަސައްކަތުގެ މާހައުލަށް ދަރިވަރުން ނިކުންނައިރު ކޮންމެހެން ބޭނުންވާ ހުނަރުތައް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ހުނަރުތައް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ އިސްތިރާޖުތައް ކާމިޔާބުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށެވެ.

"ތަޢުލީމަކީ ހަމައެކަނި ޢިލްމާއި ގުޅޭ އެއްޗެއް ނޫނެވެ. އެއީ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ކުރިމަތިވާ ހާލަތްތަކުގައި ލިިބިފައިވާ ހުނަރެއްގެ ބޭނުން ހިފައި، އެ މައްސަލައެއް ހައްލުކުރަން އެނގުން. މިއަދު އިފްތިތާހްކުރެވިގެންމިދިޔަ ސްޓްރެޓެޖީ ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ." ވަޒީރު ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް ކަނޑަައަޅައި އިފްތިތާހްކުރުމުގެ މަސައްކަތަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަ މަސައްކަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މަސައްކަތުގެ މާހައުލަށް ބޭނުންވާނެ ހުނަރުތައް ރާއްޖޭގައިވެސް ތަންފީޒުކޮށް ކުރިއަށްގެންގެންދެވޭނެ ކަންތައްތައް ކަނޑައަޅައި، ކަރިކިއުލަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް މި އިސްތިރާޖުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު، އެކި ކަހަލަ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވޭއިރު، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާނެ މުހިންމު ހުނަރުތައް ހިމަނައިގެން ކުރިއަށްގެންދިއުމަށް މި އިސްތިރތާޖުގެ ތެރެއިން ހަމަޖެހިފައިވެއެވެ

ޚަބަރުގެ ހުލާސާ

21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް ކަނޑައަޅައަޅައި، އިފްތިތާޙްކުރުމުގެ ބޭނުމަކީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކޮންމެ ޕްރޮގްރާމެއްގެ ތެރެއިންވެސް، މަސައްކަތުގެ މާހައުލަށް ދަރިވަރުން ނިކުންނައިރު ކޮންމެހެން ބޭނުންވާ ހުނަރުތައް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އާމިނަތު އަނާތު ޠަލްޙަތު
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު