ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

އަންނަ އަހަރު ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ދޫކުރަނީ

އަންނަ އަހަރު ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ދޫކުރާނެ ކަމަށް ދީޚިލީ ސަލާމަތާއި ފަނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަކިވަކި އިދާރާތަކުން ދެމުން އަންނަ ޚިދުމަތް އެއް ޕްލެޓްފޯމްއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީކާޑް އާއެކު ސްމާޓް އައިޑީކާޑެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާތަނަށް އައިރު އުމުރުން 10 އަހަރުން މަތީގެ ދެލައްކަ ހަތްދިހަ ދެހާސް ދިވެހިން ޑިޖިޓަލް އައިޑީ ނިޒާމްގެ ތެރެއަށް ގެނެސްފައިވާކަމަށެވެ. އެއީ އެ އާބާދީގެ %80 މީހުންނެވެ.

"ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ފާހަގަކުރެވޭ ޑިޖިޓަލް އައިޑީ ނިޒާމްއަށް ވަންނަމުންދާކަން. އެ ނިޒާމްއަށް ވަނުމަށްފަހު އެ ބޭނުންކޮށްގެން ސަރުކާރުގެ އެކި އިދާރާތަކުން ދޭ ޚިދުމަތްތައް ބޭނުންކުރޭ." ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަންގަވްގެ ތެރެއަށް މި ދެއަހަރުގެ ތެރޭގައި 17 އިދާރާއަކުން ގުޅި މެނުއަލްކޮށް ދެމުން ދިޔަ ޚިދުމަތްތައް ވަންގަވްގެ ތެރެއިން ދެމުންދާކާމަށެވެ.

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް

ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ އެއް ތަނބެވެ. މިކަން ހާސިލްކުރުމުގެ ޢަމަލީ މަސައްކަތްތަކެއް ސަރުކާރުން މިވަނީ ފަށާފައެވެ. މިމަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޯށްދޭ ހުރިހާ ޚިދުމަތަކީވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭހާ ފަސޭހަ ޚިދުމަތަކަށް ވެގެންދިއުމަކީ ސަރުކާރުގެ އަމާޒަކެވެ.

އެ އަމާޒަށް ވަސިލުވުމަށް ސަރުކާރުން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ފުރިހަމަކޮށްގެންނެވެ. އެއީ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ޒަމާނީ ފެންވަރުގެ، ޑިޖިޓަލް އައިޑީއެއް ތައްޔާރު ކުރުމާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، ނިޒާމަށް ދެވޭ ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ.

މިހާރު ބޭނުން ކުރަމުންދާ އީ-ފާސް ޑިޖިޓަލް އައިޑީއަށް، ޒަމާނީ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ މި ބަދަލުތަކާއި އެކު ރައްޔިތުންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޚަބަރުގެ ހުލާސާ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަކިވަކި އިދާރާތަކުން ދެމުން އަންނަ ޚިދުމަތް އެއް ޕްލެޓްފޯމްއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަފީޤާ ޙާމިދު
   1 week ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު