ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަނީ

ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަނީ

  • މި މީހާއާ ގުޅޭ ވީޑިއޯއެއް ވަނީ ޢާއްމުކޮށްފައި
  • އޭނާއާ ބެހޭ މަޢުލޫމާތެއް ލިބިފައިވާނަމަ އެންގުމަށް އެދިފައިވޭ

ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ، އެކަމާގުޅޭ ވީޑިއޯ އެއްވެސް އާންމުކުރައްވާފައެވެ.

އެވީޑިއޯއިން ފެންނަ މީހާއަކީ، ސައްހަނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ހޯދަން ބޭނުންވާ މީހެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އަދި މި މީހަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ ވީޑިއޯއިން ފެންނަ މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322112 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚަބަރުގެ ހުލާސާ

އެވީޑިއޯއިން ފެންނަ މީހާއަކީ، ސައްހަނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ހޯދަން ބޭނުންވާ މީހެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އާމިނަތު އަނާތު ޠަލްޙަތު
   5 days ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު