ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދުލްއީމާން" ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މިސްކިތަށް ދީފައިވާ ނަމަކީ، މަސްޖިދުލް އީމާންއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ވަޒީރުވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އަދި އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައްވެސް ހިމެނޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

ޚަބަރުގެ ހުލާސާ

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާމިނަތު އަނާތު ޠަލްޙަތު
   5 days ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު