ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަންގެ ތެރެއިން…

ފެތުމުގެ ގައުމީ މުބާރާތް ހުޅުވާމެ ސްވިމިންޕޫލުގައި ކުރިޔަށް

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް އިއްޔެއިން ފެށިގެން ކުރިޔަށްދާއިރު އެކު ކެޓަގަރީތަކުގައި 9 ކުލަބެއްގެ ފެތުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގެ އިވެންޓްތައް ހޯމަ ދުވަހު މެންދުރުން ފެށިގެން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއްވައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 157 ފެތުންތެރިން ވާދަކުރާއިރު، މީގެ ތެރޭގައި 47 އަންހެން ފެތުންތެރިންނާއި 110 ފިރިހެން ފެތުންތެރިން ވާދަކުރެއެވެ. މުބާރާތުގެ ހަރަކާތްތައް ކުރިޔަށްދާނީ ޑިސެމްބަރު 22 އިން 26 އަށް ހުޅުމާލޭ ސްވިމިންގ ޕޫލްގައެވe.

ޚަބަރުގެ ހުލާސާ

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.
މަރިޔަމް ޝަނީޒާ
   3 days ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު