ގައުމީ ފެތުމުގެ މުބާރާތުން އެއްވަނަ ހޯދި ލައިފްގާޑު އެސޯސިއޭޝަނުގެ ޓީމު-- ފޮޓޯ: ޕީއެސްއެމް ނިއުސް

ޤައުމީ ފެތުމުގެ މުބާރާތުގެ އެއްވަނަ ލައިފްގާޑު އެސޯސިއޭޝަނަށް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި 49 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގެ ޓީމު އިވެންޓުތަކުގެ ބައިން އަންހެން އަދި ފިރިހެން ޑިވިޝަނުން އެއްވަނަ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނުން ހޯދައިފިއެވެ.

މިމަހުގެ 22 އިން 26 އަށް ހުޅުމާލެ ސްވިމިންގ ޕޫލުގައި ކުރިއަށް ދިޔަ މިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީގެ ވަނަތަކަށް ބަލާއިރު، ޖޫނިއަރ ބައިގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ ހޯދީ، ޒާކިން އަޝްރަފު ރަޝީދެވެ. އަދި މިބައިގެ އަންހެން ކުދިންގެ ތެރެއިން އެއްވަނަ ހާސިލްކުރީ، އަމްނާ ތަޒްކިޔާ މިރުސާދެވެ.

ސީނިއަރ ކެޓަގަރީގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުޙަންމަދު އާން ހުސައިން ހޯދާފަވާއިރު، އޭނާވަނީ މިހާތަނަށް 50 މީޓަރު ފްރީ ސްޓައިލު އިވެންޓުގައި ރާއްޖެއިން ހެދި އެންމެ އަވަސް ޓައިމިން މިމުބާރާތުގެ ތެރެއިން ހަދާފައެވެ. ސީނިއަރ އަންހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހާސިލްކޮށްފަވަނީ، އަޔާނާ އަރީފެވެ.

ގައުމީ ފެތުމުގެ މުބާރާތުން އެއްވަނަ ހޯދި ލައިފްގާޑު އެސޯސިއޭޝަނުގެ ޓީމު-- ފޮޓޯ: ޕީއެސްއެމް ނިއުސް

މީގެ އިތުރުން އީއޭޑީ ކެޓަގަރީގެ އެއްވަނަ މުޙަންމަދު އަޝަލް އާދަމް ހޯދާފައިވާއިރު، މާސްޓާސް ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ ޙުސައިން މުބާޙުއެވެ.

49 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގައި ޓީމު އިވެންޓުތަކުގެ ބައިގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން ޖުމްލަ 18 ޓީމަކުން ވާދަކުރިއެވެ. އަދި ވަކިވަކި ކެޓަގަރީގައި 157 އެތުލީޓުން ފަތާފައިވެއެވެ.

ޚަބަރުގެ ހުލާސާ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި 49 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގެ ޓީމު އިވެންޓުތަކުގެ ބައިން އަންހެން އަދި ފިރިހެން ޑިވިޝަނުން އެއްވަނަ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނުން ހޯދައިފިއެވެ.
އައިމިނަތު ރިޔާޒު
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު