2025 އަށް ނަޒަރެއް

2025: ކުދި، މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މުހިންމު ފިޔަވަޅުތަކެއް

އައު އަހަރު ފެށިގެން ދިޔައިރު، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ދެމުން އަންނަ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެސް، ބައެއް ޚިދުމަތްތައް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަށް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މި ބަދަލުތަކުގެ ހިމެނޭ މައިގަނޑު ކަންކަމަކީ، މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކެކެވެ.

މިއަހަރު ފެށިގެން އައިއިރު ސަރުކާރުން މިވަނީ، ބައެއް ކަންކަން ތަންފީޒު ކުރަން ފަށާފައެވެ. އަދި ބައެއް ކަންކަމަކީ، މިއަދުން ފެށިގެން ތަންފީޒުވާ ކަންކަމެވެ.

ތަންފީޒު ކުރަން ފަށާފައިވާ ބައެއް ކަންކަން

  • ރާއްޖެ އެތެރެކުރާ މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކުރުން
  • ކަސްޓަމްސްއިން މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް ދޭ ވަގުތު 24 ގަޑިއިރަށް ބަދަލުކުރުން
  • ފަރުދުން ގެންނަ މުދަލަށް މިއަދުން ފެށިގެން އަމިއްލައަށް ޑިކްލެރޭޝަން ހުށަހެޅޭނެ ގޮތް ވަނީ ހަދާފައި
  • ދިވެހިންނާއި، ވޯކް ވިިސާ ހޯލްޑަރުން ކޮޓަރި ކުއްޔަށް ދޭ ވިޔަފާރިތައް ވަކިން ރަޖިސްޓްރީ ކޮށްދޭން ވަނީ ފަށާފައި
  • މުދަލުގެ ކަސްޓަމްސް އަގު ބޮޑު ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ އުސޫލެއް މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާނެ
  • މަޝްރޫޢުތަކަށް ޑިއުޓީ މަޢާފް ކޮށްގެން އެތެރެ ކުރާ އުޅަނދު ނުޤަވާއިދުން ބޭނުން ކުރާ މައްސަލަ ޙައްލު ކުރަން ފަށާނެ

އިތުރަށް ތަންފީޒުކުރާނެ ކަންކަން

  • ސަރުކާރުގެ ޕްރޮޖެކްޓުތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަންދިނުމަށް އުސޫލު އިސްލާހުކުރަން ނިންމާފައިވޭ
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކައިދޭ އަގުތަކަށް ފެބްރުއަރީ 1 އިން ފެށިގެން ބަދަލު ގެންނާނެ
  • އެސްއެމްއީތަކުން ގެންނަ މުދާ އަގު ހެޔޮކޮށް ގުދަން ކުރެވޭނެ އިންތިޒާމު ރާއްޖޭގެ 3 ސަރަހައްދެއްގައި ހަމަޖެއްސުމަށް ވަނީ ނިންމާފައި

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިއާއެކު ވިޔަފާރިތަކަށް ފަހި މާޙަލުއެއް ޤާއިމް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ޚަބަރުގެ ހުލާސާ

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަށް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. މި ބަދަލުތަކުގެ ހިމެނޭ މައިގަނޑު ކަންކަމަކީ، މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކެކެވެ.
މޫސާ މަތްލޫބް
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު