ބަންގްލަދޭޝާއި ސްރީލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ފަހަތުން އަރާ ލަންކާ ބަލިކޮށް ބަންގްލަދޭޝް އެއްވަނައަށް

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ބަންގްލަދޭޝް އިން ސްރީލަންކާގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއީ މި ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗެވެ.

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުން ލަންކާއިން ދެ ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި ބަންގްލަދޭޝް މޮޅުވީ 3-6 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި، 13 ވަނަ މިނެޓުގައި ޝާނޫ ޕަސްކަރަން އަދި 16 ވަނަ މިނެޓުގައި އިމޭޝާ ކަންކަނަމްލާގޭ ވަނީ ލަންކާއަށް ލަނޑު ޖަހައިދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ އުއްމީދުގައި ލަންކާއިން ކުޅެމުން ދަނިކޮށް، އެ އުއްމީދުތަކަށް ނިމުން ގެނުވީ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ކެޕްޓަން، ސަބީނާ ޚާތޫން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

މެޗުގައި ބަންގްލަދޭޝްއިން ދެން ޖެހި ހަތަރު ލަނޑަކީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކެކެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުމާޔާ މަޓްސުޝީމާއާއި ސްރިމޯތީ ކްރިޝްނަރާނީ ސަރްކާރާއި މަސޫރާ ޕަރްވީންއެވެ. މީގެތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ސްރިމޯތީ ކްރިޝްނަރާނީ ސަރްކާރެވެ.

މެޗުގައި ލަންކާގެ ތިންވަނަ ލަނޑު، އެންމެ ފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް ދެވަނަ ލަނޑު ޖަހައިދިން އިމޭޝާއެވެ.

މި މޮޅާއެކު ބަންގްލަދޭޝް އިން ތާވަލުގެ އެއްވަނައަށް ޖެހިލީ ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޑިއާއަށް ހަތަރު މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. ތިންވަނައިގައި ޕާކިސްތާން އޮތީ ހަތް ޕޮއިންޓާއެކުއެވެ.

ބަންގްލަދޭޝް އަތުން ބަލިވި ލަންކާއަށް، ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޚަބަރުގެ ހުލާސާ

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ބަންގްލަދޭޝް އިން ސްރީލަންކާގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މި ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗެވެ. ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުން ލަންކާއިން ދެ ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި ބަންގްލަދޭޝް މޮޅުވީ 3-6 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި، 13 ވަނަ މިނެޓުގައި ޝާނޫ ޕަސްކަރަން އަދި 16 ވަނަ މިނެޓުގައި އިމޭޝާ ކަންކަނަމްލާގޭ ވަނީ ލަންކާއަށް ލަނޑު ޖަހައިދީފައެވެ. ދެ ލަނޑުގެ ލީޑެއްގައި އޮވެ އުއްމީދުގައި ލަންކާއިން ކުޅެމުން ދަނިކޮށް، އެ އުއްމީދުތަކަށް ނިމުން ގެނުވީ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ކެޕްޓަން، ސަބީނާ ޚާތޫން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
އަހްމަދު އައްފާން
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު