ޕީީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގެ ތެރެއިން:ފޮޓޯ/ޕީއެސްއެމް

ބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަން އަންނަ ހަފްތާގައި

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާކަމަށާއި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުުށަހެޅުމަށް ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް، ސިޔާސަތުގެ ދަށުން މިހާތަނަށް ޖުމްލަ 877 އެޕްލިކޭޝަން ފޯމު ސަބްމިޓުކޮށްފައި ވާކަމަށެވެ. އޭގެތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއްގެ ފޯމް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދެއްވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަވަހަށް އެޕްލައި ކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އިތުރު މާކްސްއެއް ނޯންނާނެ. އަދި މިއީ ފުރަތަމަ އެޕްލައި ކުރާ މީހުންނަށް ޚާއްސަކޮށްގެން ދޭ އުސޫލުން ހިނގާ ކަމެއްވެސް ނޫން. އެހެންވީމަ ވަރަށް މުހިންމު ކަމެއް ހަގީގަތުގަ ރަނގަޅަށް އެލްލިކޭޝަން ފުރިހަމަކޮށްފަ ސަބްމިޓްކުރުމަކީ" ވަޒީރު ވިދާޅުވިއެވެ.

ޕީީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގެ ތެރެއިން:ފޮޓޯ/ޕީއެސްއެމް

ބޯހިޔާވަހިކަން އެންމެނަށް، މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާންމުކޮށްފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

ޚަބަރުގެ ހުލާސާ

"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް، ސިޔާސަތުގެ ދަށުން މިހާތަނަށް ޖުމްލަ 877 އެޕްލިކޭޝަން ފޯމު ސަބްމިޓުކޮށްފައި ވާކަމަށެވެ. އޭގެތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއްގެ ފޯމް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އާމިނަތު އަނާތު ޠަލްޙަތު
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު