ފޮޓޯގެ ކެޕްޝަން

3 ރަށެއްގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމަށް ޙަވާލުކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމަށް ހަވާލުކޮށްފިއެވެ.

ޅ. ނައިފަރު އިސްލާމިކް މަރުކަމުގެ މަސައްކަތް ހަވާލުކޮށްފަވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. މަރުކަޒުގެ މިސްކިތް ބަޔަކީ 1000 މީހުންގެ ޖާގައެވެ. ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ބައެއްވެސް ހިމެނެއެވެ. މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.

ހއ. އިހަވަންދޫ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. މި މަސައްކަތުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބައިގައި، ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނެއެވެ. މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.

ގއ. ވިލިނގިލީގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފަވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގައިވެސް ކްލާސްރޫމާއި، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ވެސް ހިމެނެއެވެ.

ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެދަށުން، ކްލާސްރޫމް، ޙިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްޤީކުރާނެއެވެ.

ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި މިސްކިތުގައި ފިރިހެނުންނާ އަންހެނުން ނަމާދުކުރާ ބައިގެ އިތުރުން، ކްލާސްރޫމަކާ ލައިބްރަރީއެއްވެސް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ދާއިރާއިން ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހަށް ޖުމުލަ 15 މިސްކިތެއް ނިންމާ، ނަމާދުކުރަން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޚަބަރުގެ ހުލާސާ

އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ، ގއ. ވިލިނގިލި އަދި ޅ. ނައިފަރުގައެވެ. މީގެ ތެރެއިން ނައިފަރުގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެންޓް ލިމިޓެޑާއެވެ. އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ވިލިނގިލީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އާމިނަތު ޝާޒިޔާ
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު