ބާޒާރުގައި ތަކެތި ވިއްކާ އަގު، ފޮޓޯ: ޕީއެސްއެމްނިއުސް

ބާޒާރުގެ އަގުތައް؛ ފަތުގެ ބާވަތްތައް ތިޔާގި ދުވަހެއް!

މިއަދު ބާޒާރު މަތީގެ އަގުތަކަށް ބަލާއިރު، ފަތުގެ ބާވައްތައް ބާޒާރު މަތީގައި ތިޔާގިއެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހާއި ބަލާ ބައެއް ބާވައްތަކުގެ އަގުވެސް ވަނީ ހެޔޮވެފައެވެ.

ބާޒާރު މަތީގެ ފަތް ފުރަތަމަ ދުވަހު ވިއްކަމުން ދިޔަ ގޮތަށް ބަލާއިރު، ކޮޕީ ފަތް ވިއްކަމުން ދިޔައީ 3 ފަތުގެ ބޮނޑިއެއް 15ރ. އަށެވެ. އަދި ބައެއް ތަންތަނުން 20ރ. އަށް ފަތް ބޮނޑިއެއް ވިއްކަމުން ދިޔައެވެ. ނަމަވެސް މިއަދު ބާޒާރު މަތީގެ 4 ފަތުގެ ކޮޕީ ފަތް ބޮނޑިއެއް ވިއްކަމުން ދިޔައީ 15ރ. އަށެވެ. ފުރަތަމަ ދުވަހު 100ރ. އިން މަތީގައި ހުރި ލެޓިއުސްގެ އަގު މިއަދު ވަނީ ބައެއް ގޮޅިތަކުން 80ރ. އަށް ތިރިވެފައެވެ. މިއާއެކު ލެޓިއުސްގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ.

ފަތުގެ ބާވަތްތަކުގެ އިތުރަށް މިއަދު ބާޒާރު މަތިން މަހުގެ އަގު ކުޑަކޮށް އުފުލިފައިވާކަން ފާހަވެގެން ދިޔައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހު 35 ރުފިޔާއާއި 40 ރުފިޔާ ދެމެދު ކަންނެލި ހުރިއިރު، މިއަދު ކަންނެލި ހުރީ 40ރ އާއި 45ރ. ދެމެދު އަގެއްގައެވެ. އަދި ކަޅުބިލަ މަސް ވެސް ވިއްކަމުން ދިޔައީ މި އަގުގައެވެ.

މަސް މާރުކޭޓުގެ އަގު
ކަޅުބިލަމަސް/ ކިލޯއެއް - 40ރ ކަންނެލި/ ކިލޯއެއް - 40ރ މުށިމަސް (ކުދި) - 100ރ 40 މަސް މާނިޔަމަސް - 80ރ - 100ރ ތޮޅި - 25ރ
ދަތުރުވެރިންގެ މާރުކޭޓުގެ އަގުތައް / ކިލޯއެއް
ކަރާ - 25ރ
އަނބު - 90ރ
މެލަން - 50ރ
މިރުސް - 20ރ
ލުނބޯ - 40ރ
ލެޓިއުސް - 80ރ
ރޯދަމަހަށް ޚާއްސަކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއާއެކު ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ނިޔަލަށްވެސް ތަކެތީގެ އަގު އުފުލިޔަ ނުދޭ ހިފެހެއްޓުމެވެ.