ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގެ ތެރެއިން--

ދިވެހީންގެ ސަލާމަތާއި ދެމިތިބުމަށްޓަކައި ބަހާއި ޢަމަލުން އިސްލާމްކަން ފާޅުކުރުން މުހިންމު: ރައީސް

ދިވެހިން ސަލާމަތާއި ދެމިތިބުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ ބަހާއި ޢަމަލުން އިސްލާމްކަން ފާޅުކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަރަކާތްތެރި ރަމަޞާން މަހަކީ އިސްލާމް ދީނުގެ ދިފާއުގައި އެންމެ މަތިވެރި ޤުރުބާނީތައް ވެވުނު މައްސަރުކަމަށެވެ. އަދި އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ މަދުކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ދެމިތިބުމައްޓަކައި މާތް ވެގެންވާ އިސްލާމްދީނަށް ނަސްރުދީ ބަހާއި އަމަލުން އިސްލާމްކަން ފާޅުކުރުން މުހިންމުކަމަށެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވެސް ވަނީ ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާހުކުރުން ކަމަށެވެ.

ދިވެހި ޤައުމިއްޔަތު ދުވަހުގެ ގޮތުގައި ފަހަގަކުރަނީ މާރިޗު މަހުގެ 6 ވަނަ ދުވަހެވެ.

ޚަބަރުގެ ހުލާސާ

ދިވެހިން ސަލާމަތާއި ދެމިތިބުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ ބަހާއި ޢަމަލުން އިސްލާމްކަން ފާޅުކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު