ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމް / ފޮޓޯ: ޕީއެސްއެމް ނިއުސް

ސުޕްރީމް ކޯޓުގެ އަމުރުގެ މުއްދަތުގައި ކުރަންޖެހޭ ހުރިހާކަމެއް ވާނީ ފުރިހަމަކޮށްފައި: ބަންޑާރަ ނައިބު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް އެންގެވި މުއްދަތުގެތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިންވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާކަމަށާއި، މުއްދަތު އިތުރުކުރުމަށްވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާކަމަށް ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައިވެއެވެ.


ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް. ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި…

ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށައެޅި ސިޓީއާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަށް ރައްދުދެއްވާ ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ޢލީ ޙުސައިން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެންނަމަވެސް ފާޅުގައި ފެންނަން ހުންނަ ކަންކަމުގައިވެސް އޮޅުވާލުންކަމަށެވެ. އަދި އެކަމުގައި ޢަލީ ޙުސައިންގެ ނިޔަތާމެދު ސުވާލު އުފައްދަވަމުން ބަންޑާރަ ނައިބު ވަނީ އޭނާ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައިކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވަނީ މި ރަމަޟާންމަހު ދޮގު ވާހަކަތައް ފެތުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ ޢަލަމެއް ކުރުމުގައި ޝާމިލުވުމަށް ޢަލީ ޙުސައިނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޚަބަރުގެ ހުލާސާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް އެންގެވި މުއްދަތުގެތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު