އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް

އުރީދޫގެ ފައިދާއިން ހިއްސާއަކަށް 3.43ރ ބަހަން ފާސްކޮށްފި

މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑް ކުއާޓަރސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތައިގެ ވޯޓުންނެވެ. މިއީ އޭގެ ކުރީ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އަދަދަށްވުރެ 16 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.27 ރުފިޔާއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް

އުރީދޫއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓަށް ބަލާއިރު، 2024ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އާޅާ ބަލާއިރު %5.05 އިތުރުވެފައެވެ. އެގޮތުން 2023ވަނަ އަހަރު އެ ކުންފުންޏަށް 2.09 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 2.2 މިލިޔަން ރުފިޔާގައެވެ.

މި ނިމުނު 2023ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 809 މިލިޔަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 684 މިލިޔަން ރުފިޔާއެވެ.

މިއަހަރަކީ އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރި އަހަރެވެ. ދެން އެންމެ ބޮޑު އަދަދެއް ދޫކުރީ 2019ވަނަ އަހަރުއެވެ. އެއަހަރު ހިއްސާ އަކަށް 3.30 ރުފިޔާ ބަހާފައިވެއެވެ.

ޚަބަރުގެ ހުލާސާ

މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. އުރީދޫ މޯލްޑިވްސް ހެޑް ކުއާޓަރސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު