ސީއެސްސީގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު ވަނީ މަޤާމުން އިސްތިއުފާދެއްވާފައި--
ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށް، އޭނާ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އިބްރާހީމް ރަޝީދު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ މިއަދު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން، އެކޮމިޝަނުން ވަނީ އޭނާގެ ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އިބްރާހީމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައެވެ.
އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.
ޚަބަރުގެ ހުލާސާ