މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް އައްޔަނުކުރެއްވުން / ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް ޢަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް ޢައްޔަނުކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު ޢަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެމްބަރު ޢަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޢަރީޝް ކަނޑައެޅުއްވުމާގުޅިގެން، ކުރިން އެ މަޤާމު ފުރުއްވެވި އަހުމަދު ނަރީޝް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ޑެޕިއުޓީ މޭޔަރެއްގެ ގޮތުގައި މާލެ ސިޓީ ރައްޔިތުން ހެއްވާލަދޭނެ މަސައްކަތްތަކެއް ކައުންސިލަރުންނާއި ކައުންސިލުގެ މުވައްޒަފުންނާއެކު ކުރައްވަވާ، ކުރިއަށްއޮތް ކައުންސިލު އިންތިޚާބު ޕީއެންސީއަށް ބޮޑުތަނުން ކާމިޔާބުކޮށްދިނުމަށް ނަރީޝް ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝް، އެ މަޤާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ކަމަށެވެ.

ޚަބަރުގެ ހުލާސާ

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް ޢައްޔަނުކޮށްފިއެވެ. ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު ޢަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު