ޑީޖޭޖޭގެ ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތު

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށައެޅުމަށް ހުރި ހިރާސްތައް ނައްތާލުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު އިޙްސާން

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށައެޅުމަށް ހުރި ހިރާސްތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ޑީ.ޖޭ.ޖޭގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ ޑީ.ޖޭ.ޖޭއަށް ޚާއްސަކޮށްގެން ވެބްސައިޓެއް ލޯންޗްކުރި ފުރަތަމަ ފަހަރެވެ.

ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެ ވުޒާރާއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު ބަދަލުކޮށްލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. ރާއްޖޭގައި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށައެޅުމަށް ހުރި ކަންކަން ނައްތާލުމަކީ މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަރަށް މުހިންމު އަމާޒެއްގެގޮތުގައި ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު އެއްކޮށް ބަދަލުކޮށްލުމަށްޓަކައި މީގެ އާހިރު ނަތީޖާ ހޯދުމަށްޓަކައި ކުރާ މަސައްކަތެއް. މި މަސައްކަތް ކާމިޔާބު މަސައްކަތެއްކަމަށް ވާ ހިސާބަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ތެރެއިން ކުށައް އަރައިގަންނަ ނުވަތަ ކުށުގެ މާހައުލަށް ވަދެދާނެކަމުގެ ރިސްކު އޮތް ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ދުވަސް. އެދުވަހަކީ އަޅުގަނޑުމެން ބޭނުން އަދުގެ ސަރުކާރުގެ މި ޒައާމަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނާނެ ދުވަހެއްކަމަށްވުން. އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާނީ މި ޑިޕާޓްމަންޓުން". ވަޒީރު ވިދާޅުވިއެވެ.

ޑީޖޭޖޭގެ ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތު

މި ވެބްސައިޓް މެދުވެރިކޮށް ޖުވެނައިލް ޖަސްޓިސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އެގޮތުން އާންމު މައުލޫމާތުތަކާއި، އަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކާއި، ޖުވެނައިލް ޖަސްޓިސްގެ މެންޑޭޓްތަކާއި، ގާނޫނުތަކާއި ގަވައިދުތަކާއި، މީޑިއާ ރިޕޯޓްތަކާއި، ތަފާސްހިސާބުތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މީގެއިތުރުން ޑީ.ޖޭ.ޖޭއިން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި، ހޭލުންތެރިކުރުވުމަށް ކުރާ މަސައްތައްވެސް މި ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެއެވެ.

ޚަބަރުގެ ހުލާސާ

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށައެޅުމަށް ހުރި ހިރާސްތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަރިޔަމް ހައިފާ
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު