އިންގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް/ ފޮޓޯ އެމްއެމްޕީއާރުސީ

އިނގިރޭސިވިލާތުގައި ލިވަޕޫލް އެފްސީ ޕާޓްނާޝިޕް އިޝްތިހާރުކުރުމަށް ގިނަ ހަރަކަތްތަކެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގައި ލިވަޕޫލް އެފްސީ ޕާޓްނާޝިޕް އިޝްތިހާރު ކުރުމުގެގޮތުން އައުޓްޑޯ ކެމްޕެއިންތަކެއް ފަށަން ނިންމައިފިއެވެ. މި ހަރަކާތަކީ އެމްއެމްޕީއާރުސީއާއި އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލް އެފްސީއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، ރާއްޖޭގެ ބްރޭންޑަށް ހޭލުންތެރި ކުރުމަށްޓަކައި ކުރިއަށްގެންދާ މި އައުޓްޑޯ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުކަމަށެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ. އަދި މި ކެމްޕެއިނަކީ އެ ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެމްއެމްޕީއާރުސީން ފާހަގަކުރެއްވިއެވެ.

އިންގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް/ ފޮޓޯ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ވިދާޅުވީ، މި ކެމްޕެއިންގެ ދަށުން 100އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކުގައިވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށެވެ. މި ހަރަކާތުގެ ތެރެއިން ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައިވެސް ރާއްޖޭގެ ރީތިކަން ދައްކާލުމަށް އިޝްތިހާރުތައް ހަރުކުރެވިގެންދާނެކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން މި ކެމްޕެއިންގެ ސަބަބުން ގާތްގަނޑަކަށް 76 މިލިއަން ޓާގެޓެޑް އޯޑިއަންސަކާ ހަމައަށް ފޯރާނެކަމަށް ބެލެވޭއިރު، މި ކެމްޕެއިންގެ ޒަރިއްޔާއިން އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް އެމްއެމްޕީއާރުސީން ދެކެއެވެ.

ލިވަޕޫލްގެ އޮފިޝަލް ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް--

އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ޤައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާއެކު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށްވެސް އެމްއެމްޕީއާރުސީއިން ވަނީ ރާވާފައެވެ.

އެގޮތުން 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ބޮޑު އެކްސްޕޯސަރއެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް އެމްއެމްޕީއާރްސީ ހަމަޖައްސައިފި/ ފޮޓޯ އެމްއެމްއާރސީ

ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިމަހުގެ 20ވަނަ ދުވަހު އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމްކަމުގައިވާ، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް އެމްއެމްޕީއާރްސީއިން ވަނީ ހަމަޖައްސަވާފައެވެ.

މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓްޓީމެކެވެ. އަދި މި ޓީމުން ވަނީ ފަސް އަހަރު ކްރިކެޓް ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޚަބަރުގެ ހުލާސާ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، ރާއްޖޭގެ ބްރޭންޑަށް ހޭލުންތެރި ކުރުމަށްޓަކައި ކުރިއަށްގެންދާ މި އައުޓްޑޯ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުކަމަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ. އަދި މި ކެމްޕެއިނަކީ އެ ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެމްއެމްޕީއާރުސީން ފާހަގަކުރެއްވިއެވެ.
ޔަޒީދު ރަޝީދު
   8 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު