މެލޭޝިޔާގެ ޕެޓްރޯނަސް ގޭސް ހޮޅިއެއްގައި އަލިފާނުގެ ހާދިސާއެއް، 63 މީހުންނަށް ފަރުވާދެނީ

މެލޭޝިޔާގެ ދަޢުލަތުގެ ހަކަތަ އުފައްދާ ކުންފުނި، ޕެޓްރޯނަސްގެ ގޭސް ހޮޅިއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 63 މީހުންނަށް ފަރުވާދެމުންދާ ކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނެފިއެވެ.

މެލޭޝިޔާގެ ސެލަންގަރ ސްޓޭޓުގެ ޕުޗޮންގްގައި ހިނގި މި ހާދިސާގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ މީހުންގެ ތެރޭގައި ފިހުނު މީހުންނާއި ދުމުގެ އަސަރުކުރި މީހުން ހިމެނެއެވެ.

ގާތްގަނޑަކަށް 1،640 ފޫޓުގެ ދިގުމިނުގެ އެ ގޭސް ހޮޅި ބަންދުކޮށް، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުންޏެވެ. މި ހާދިސާގައި 49 ގޭބީސީއަކަށް އަސަރުކޮށްފައިވާ ކަމަށާއި، އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކު މަރުވެގެން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވި ނަމަވެސް، ޒަޚަމްވި މީހުންނަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނުލިބެއެވެ.

އަދި އެ ހަދިސާ ހިނގި މެދުވެރިވި ސަބަބު ވެސް އަދި ދެނެގަނެވިފައިނުވާއިރު، ހާދިސާ ހިނގި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޚަބަރުގެ ހުލާސާ

ގާތްގަނޑަކަށް 1،640 ފޫޓުގެ ދިގުމިނުގެ އެ ގޭސް ހޮޅި ބަންދުކޮށް، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުންޏެވެ. މި ހާދިސާގައި 49 ގޭބީސީއަކަށް އަސަރުކޮށްފައިވާ ކަމަށާއި، އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
މުޙައްމަދު ނަސީމް
   8 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު