2024 ވަނަ އަހަރު އެމްބީބީއޭއިން ބޭއްވި ހުދު ފޮނު ޕްރޮގުރާމުގެ ތެރެއިން - ފޮޓޯ: އެމްބީބީއޭ

އަންނަ އަހަރުގެ އަމާޒު، ބޮޑީބޯޑިންގެ އަންހެން ޤައުމީ ޓީމަކަށް

އަންނަ އަހަރަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ އަންހެން ޤައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވައިލުން ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސައިން ނިޒާމް ވިދާޅުވެއްޖެއެވެ.

ޤައުމީ ބޮޑީބޯޑިން ލީގު 2025 ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްބީބީއޭގެ ރައީސް ވިދާޅުވީ، ގްރާސްރޫޓް ލެވެލްއިން ފެށިގެން ބޮޑީބޯޑަރުން އުފެއްދުމަށް ހިންގާ ޤައުމީ ޕްރޮގްރާމް "ހުދު ފޮނު" ކްލިނިކުތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުދިން ފާހަގަވެފައިވާ ކަމަށެވެ. އަދި އަންހެން ކުދިންވެސް މިކުޅިވަރުގެ ތެރޭގައި އުޅޭކަން އެ ޕްރޮގްރާމުން އެނގޭކަމަށް ވެސް އެމްބީބީއޭގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ށ. ކަނޑިތީމާއި، ނ. ޅޮހީގައި ހިންގި "ހުދުފޮނު" ޕްރޮގްރާމްގެ ތެރެއިން މި ކުޅިވަރުގައި ކުރިޔަށް ދެވޭނެ ކަހަލަ ކުދިން ފާހަގަ ކުރެވިފައިވާ ކަމަށް އެމްބީބީއޭގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ނިމިގެން ދިޔަ ލީގަށް އިޝާރާތްކުރައްވާ އެމްބީބީއޭގެ ރައީސް ވިދާޅުވީ މިއަހަރުގެ ލީގު ކުރިޔަށް ގެންދެވުނީ ކުޅިވަރު ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއި އެކީގައި ކަމަށާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބަހައްޓަވާ ގާތްކަމާއި، ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ބައެއް ފަހަރު ކުރިން އެބަހުރި އަޅުގަނޑުމެންގެ ކުޅިވަރަށް އުނދަގޫ ގޮތްތަކެއްވެސް ދިމާވެފައި އެބަހުރި. އެހެންނަމަވެސް މިއަހަރު ބަރާބަރަށް އަޅުގަނޑުމެންގެ ލީގު ކުރިޔަށް މި ގެންދެވުނީ ކުޅިވަރާއި ހަށިހެޔިކަމާއި ބެހޭ ވުޒާރާގެ ފުރިހަމަ ސަޕޯޓް ލިބިގެން" ނިޒާމް ވިދާޅުވިއެވެ.

ބޮޑީބޯޑިން ކޮމިއުނިޓީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުޅިވަރަށް ޝައުގުވެރިވާ ކުދިން އިތުރުކޮށް އައު އެތުލީޓުން އުފެއްދުމަށް މުހިންމު ޕްރޮގްރާމުތަކެއް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި "ހުދު ފޮނު" ޕްރޮގްރާމް ހިންގައިގެން އިތުރު އެތުލީޓުންނަށް ޤައުމީ މުބާރާތްތަކުން ފުރުސަތު ފަހިކޮށްދިނުމަށެވެ.

މިއަހަރު މުޅިން އަލަށް "ހުދުފޮނު" ގައި ބައިވެރިވި ބައެއް އެތުލީޓުން ލީގުގެ މުބާރާތްތަކުގައި ވާދަކޮށް ވަނަ ހޯދާފައިވާއިރު މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްބީބީއޭއިން ފާހަގަކުރެއެވެ.